ކައުންސިލް ކައިރިޔަށް އެއްވެ ރައްޔިތުން އިހުތިޖާޖު ކުރަނީ - ފޮޓޯ: ތުޅާދޫ އޮންލައިން

ކޮވިޑާއި ގުޅިގެން ހަދާފައިވާ އުސޫލްތަކަށް ގޮންޖަހައި ރައީސް އޮފީހަށް ނިކުމެފައިވާކަމަށްބުނެ ރައްޔިތުން އިހުތިޖާޖު ކުރަނީ

ކޮވިޑާއި ގުޅިގެން ހަދާފައިވާ އުސޫލްތަކަށް ގޮންޖަހައި ރައީސް އޮފީހަށް ނިކުމެފައިވާކަމަށްބުނެ ރައްޔިތުން އިހުތިޖާޖު ކުރަނީ

Share on twitter
Share on telegram

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ އުސޫލުތަކަށް ގޮންޖަހައި ކައުންސިލް ރައީސް އޮފީހަށް ނުކުމެ ހުރިކަމަށް ބުނެ ރައްޔިތުންގެ ބަޔަކު ކައުންސިލް ކައިރިޔަށް އެއްވެ އިހުތިޖާޖު ކުރަމުން އެބަދެއެވެ.

ކައުންސިލް ކައިރިޔަށް އެއްވެފައިވާ މީހުން ގޮވަމުން ދަނީ، ތުޅާދޫ ކައުންސިލްގެ ރައީސަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކަމަށެވެ. އަދި ތުޅާދޫގެ ގެއަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ކައުންސިލް ރައީސް އެކަހެރިވެފައިވާ ކަމަށެވެ.

ކައުންސިލް ރައީސަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ފަރާތެއް ކަމަށް ބުނެ އެއްވެފައިވާ ފަރާތްތަކުން އަޑުއުފުލަމުން ދަނީ ތުޅާދޫގައި އުފެދިފައިވާ ކޮވިޑް ޓާސްކް ފޯސްގެ ބޭފުޅުންނާއި މަރުކަޒުގެ އިސްފަރާތްތަކުންވެސް ފަރުދީގޮތުން ރައީސްއަށް ނަސޭހަތްތެރިވެފައި ވީނަމަވެސް ރައީސް ގޮންޖަހާ އެއްދުވަހު މަސްލަހަތަށް ޓަކައި ގޭގައި މަޑުކުރީ ކަމަށް ބުނުމަށް ފަހު ދެ ދުވަހެއް ފަހުން އަނެއްކާވެސް ރައީސް އޮފީހަށް ނުކުތުމަކީ ރައީސްގެ ޒިންމާދާރުކަން ކުޑަ އަމަލެއް އަމަލެއް ކަމަށް ބުނެއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް މިދިޔަ ހަފްތާގެ ބުދަ ދުވަހު ކައުންސިލް ބައެއް މެމްބަރުންނަށް ފޯނުންގުޅައި 14 ދުވަހަށް އެކަހެރިވެ ގޭގައި މަޑުކުރެއްވިކަމަށް ބުނެ ކައުންސިލް މެމްބަރުންނަށް މަޢުލޫމާތު ހިއްސާކުރި ނަމަވެސް މިއަދު ކައުންސިލް ރައީސް ދަނީ އޮފީހަށް ނިކުމެ ހަރަކާތްތެރި ވަމުންނެވެ.

ތުޅާދޫ އޮންލައިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖް ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކާއި ކައުންސިލުން މިވަގުތު ދަނީ ބައްދަލު ކުރަމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.