ތުޅާދޫން މިރޭ އިތުރު 02 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 02 ދިވެހިންނެވެ.
މިރޭ ނަތީޖާ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 02 މީހުންނެވެ. މި ދެ މީހުންނަކީވެސް މިވަގުތު ޕޮޒިޓިވް ކޭސްތަކެއް ދިރިއުޅޭ ގެތަކެއްގައި ދިރިއުޅެމުންދާ ދެމީހުންނެވެ. މި ދެ މީހުން ޕޮޒިޓިވް ވުމާއެކު “ނަޝޭމަން” އާއި “މޯހި” ގެ ކަރަންޓީނުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.
މިއަދު ތުޅާދޫން ޖުމްލަ 22 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފްލޫ ކުލިނިކަށް ދައްކައިގެން ނަގާފައިވާ 02 ސާމްޕަލާއި ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 04 ސާމްޕަލުގެ އިތުރުން ރެންޑަމް ސާމްޕަލުގެ ގޮތުގައި ނަގާފައިވާ 16 ސާމްޕަލެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 983 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 871 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 42 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 70 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 59 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 11 އެވެ.



