ތުޅާދޫ ކައުންސިލްގެ އިދާރާ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

އެލް.ޖީ.އޭ ބޯޑްގެ އިންތިޙާބް – ތުޅާދޫން، ޕީޕީއެމް ޔާމީންއަށް 01 ވޯޓް، އެމްޑީޕީ ކަރަމްއަށް 06 ވޯޓް

އެލް.ޖީ.އޭ ބޯޑްގެ އިންތިޙާބް – ތުޅާދޫން، ޕީޕީއެމް ޔާމީންއަށް 01 ވޯޓް، އެމްޑީޕީ ކަރަމްއަށް 06 ވޯޓް

Share on twitter
Share on telegram

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުގެ ތެރެއިން ކައުންސިލަރަކު އިންތިޙާބް ކުރުމަށް މިއަދު ވޯޓްލުން ކުރިޔަށް ގެންގޮސްފިއެވެ.

މި އިންތިޙާބްގައި ތުޅާދޫ ކައުންސިލަރުންގެ މެދުގައި ވޯޓްލުން ކުރިޔަށް ގެންގޮސްފައި ވަނީ ތުޅާދޫ ކައުންސިލް އިދާރާގައެވެ. އަދި މި އިންތިޙާބްގައި ތުޅާދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް 06 މެމްބަރުންވެސް ބައިވެރިވެ ވޯޓްލާފައި ވެއެވެ.

ތުޅާދޫގައި ބެހެއްޓި ވޯޓް ފޮށީގެ ނަތީޖާ ދައްކާ ގޮތުން  ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޙާބް ވެފައިވާ ޕީޕީއެމްގެ ޔާމީނަށް ތުޅާދޫ ކައުންސިލަރުންގެ ތެރެއިން ވޯޓްލާފައިވަނީ އެންމެ ކައުންސިލަރެކެވެ. އަދި އިންތިޙާބުގައި ޔާމީނާ ވާދަ ކުރެއްވި އެމްޑީޕީގެ ކަރަމްއަށް ތުޅާދޫގެ 06 ކައުންސިލަރަކު ވޯޓް ދީފައި ވެއެވެ.

ރަށު ކައުންސިލް ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑްގައި ހިމެނޭ މެމްބަރުކަމަށް ކ. ގުރައިދޫ ކައުންސިލްގެ ރައީސް ޕީޕީއެމްގެ ހުސައިން ޔާމީން މުހައްމަދު އިންތިޚާބުވީ ރަށު ކައުންސިލްތަކުގެ މެމްބަރުންގެ 416 ވޯޓް ހޯއްދަވައިގެންނެވެ. ޔާމީނާ ވާދަ ކުރެއްވި ތޮއްޑޫ ކައުންސިލްގެ ރައީސް އެމްޑީޕީގެ އަހުމަދު ކަރަމްއަށް ލިބިވަޑައިގަތީ 414 ވޯޓެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާ ވާދަ ކޮށްގެން ރަފީއު އިންތިހާބުވީ ސިޓީ ކައުންސިލް މެމްބަރުންގެ 24 ވޯޓް ހޯދަވައިގެންނެވެ. މުއިއްޒަށް ލިބިފައިވަނީ 21 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިހާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިވަޑައިގެންފަ އެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމުންނެވެ.

ނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލް ކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވައިފަ އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން މެންބަރެއް ހުންނަވަން ޖެހެ އެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.