ތުޅާދޫގެ މަގެއް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

އިތުރު 03 ދިވެހިން ފޮޒިޓިވް، ބަލި ފަސޭހަވި މީހުންގެ ޖުމްލަ 54 އަށް

އިތުރު 03 ދިވެހިން ފޮޒިޓިވް، ބަލި ފަސޭހަވި މީހުންގެ ޖުމްލަ 54 އަށް

Share on twitter
Share on telegram

ތުޅާދޫން އިތުރު 03 ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ޕޮޒިޓިވްވީ 03 މީހުންނަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 03 މީހުންނެވެ.

ތުޅާދޫ ކައުންސިލުން ޢާންމު ކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ކަރަންޓީނުގެ މުއްދަތު ރޭ އިތުރު ކޮށްފައި ވަނީ “ނަޝޭމަން” އެވެ. މި ރޭ ޕޮޒިޓިވްވި 03 މީހުން ދިރިއުޅޭގެއިން މި މަހުގެ 04 ވަނަ ދުވަހު 05 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންކަމުން “ނަޝޭމަން” ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 08 ފަރާތެއް މިވަގުތު އެބަ ތިއްބެވެ.

އިއްޔެ ތުޅާދޫން ޖުމްލަ 27 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މި ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ފްލޫ ކުލިނިކަށް ދައްކައިގެން ނަގާފައިވާ 03 ސާމްޕަލާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 24 ސާމްޕަލެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 858 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 762 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 28 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 68 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 54 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 14 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.