ތުޅާދޫ ކައުންސިލްގެ އިދާރާ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ކައުންސިލް މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް

ކައުންސިލް މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް

Share on twitter
Share on telegram

ބ.ތުޅާދޫ ކައުންސިލްގެ އަންހެން ކައުންސިލަރެއް ކޮވިޑް-19 އަށް ޓެސްޓް ހެދުމުން ޕޮޒިޓިވް ކަމަށް ނަތީޖާއިން ދައްކައިފިއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަތީޖާ ޕޮޒިޓިވް ކަމަށް ޓެސްޓުން ދައްކާފައި ވަނީ މީގެ ކުރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތެކެވެ. އަދި އެފަރާތް ޕޮޒިޓިވް ކަމަށް މިފަހަރު ދައްކާފައި މިވަނީ ރަށަށް އައިސް ކަރަންޓީނު މުއްދަތު ހަމަވުމުން ނެގި ރިލީޒިންގ ސާމްޕަލުންނެވެ.

ޕޮޒިޓިވް ވެފައިވާ ފަރާތްތަކަށް، ޕޮޒިޓިވްވިތާ 03 މަސް ދުވަހުގެ ތެރޭގައި ކަރަންޓީން ވުމަކާއި ނުލައި ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ފުރުޞަތު ކުރިން އެޗް.ޕީ.އޭ އިން ދީފާވީނަމަވެސް މިހާރު ވަނީ އެ އުސޫލަށް ބަދަލުގެނެސް ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.

މި ފަދަ ފަރާތްތަކުން ރަށް ރަށަށް ގޮސް ކަރަންޓީނުވުމަށްފަހު ނެގޭ ރިލީޒިންގ ސާމްޕަލްއިން ޕޮޒިޓިވް ކަމަށް ދައްކައިފި ނަމަ އެފަރާތްތަކުގެ ނަތީޖާ ނެރުމަށް، ބްލަޑް ސާމްޕަލް ނަގައި އެންޓި ބޮޑީސް ހަދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކުރިން ޕޮޒިޓިވް ވެފައިވާ ފަރާތްތަކުގެ ބްލަޑް ސާމްޕަލް ނަގައި އެންޓި ބޮޑީސް ހެދުމުންވެސް ބައެއް ފަހަރު ޕޮޒިޓިވްކަމަށް އަދި އަނެއްބައި ފަހަރު ނެގެޓިވްކަމަށްވެސް ނަތީޖާތަކުން ދައްކާފައި ވެއެވެ. މިފަދަ ގޮތަކަށް ހަދާ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އެ ފަރާތެއް އިތުރު 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މި ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފި ނަމަ އެފަރާތެއް ކަރަންޓީނުން ދޫކޮށްލައެވެ.

ބްލަޑް ސާމްޕަލްނަގައި އެންޓި ބޮޑީސް ހެދުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ކޮވިޑް ލެބޯޓްރީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.