ތުޅާދޫގެ މަގެއް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ރަށުތެރެއިން 5 މީހަކު ޕޮޒިޓީވް، ތުޅާދޫ އަށް 2 ވަނަ ރާޅެއްގެ ނުރައްކާ!

ރަށުތެރެއިން 5 މީހަކު ޕޮޒިޓީވް، ތުޅާދޫ އަށް 2 ވަނަ ރާޅެއްގެ ނުރައްކާ!

Share on twitter
Share on telegram

ތުޅާދޫ އިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 2 ވަނަ ރާޅެއްގެ ނުރައްކާ ބޮޑުވެއްޖެއެވެ.

މިރޭ ޕޮޒިޓިވް ވެފައި ވަނީ ރަށުތެރެއިން ފުލޫ ކުލިނިކަށް ދައްކާފައިވާ 5 މީހުންނެވެ.

ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިރޭ ޕޮޒިޓިވްވި މި 5 މީހުންނަކީވެސް ބ.ތުޅާދޫ، ނަޝޭމަންގައި ދިރިއުޅެމުން ދިޔަ 5 މީހުން ނެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން މިއަދު ތުޅާދޫން ޖުމްލަ 20 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރޭގައި ފްލޫ ކުލިނިކަށް ދެއްކި 5 މީހެއްގެ ސާމްޕަލްގެ އިތުރުން ރެންޑަމް 15 ސާމްޕަލެއް ހިމެނެއެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 787 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 696 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 26 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 65 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއަދު ބަލިން ފަސޭހަވި 4 މީހުންނާއެކު މިހާތަނަށް ޖުމަލް 49 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 16 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.