ބ.ތުޅާދޫން އިތުރު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތުޅާދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވް ވެފައި ވަނީ ބ.ތުޅާދޫ، ފިނިރޯޅި އިން ކޮންޓެކްޓް ސާމްޕަލެއްގެ ގޮތުގައި ސާމްޕަލް ނަގާގައިވާ ބިދޭސީ އެކެވެ.
ތުޅާދޫން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ތަކެއް ވޭތުވެ ދިޔަ ހަފްތާ ނަގާފައި ވީނަމަވެސް މިހާތަނަށް ނަތީޖާ ލިބިފައިވާ ހުރިހާ ރެންޑަމް ސާމްޕަލެއްވެސް ވަނީ ނެގެޓިވް ވެފައެވެ.



