މާސްކު ބޭނުންކުރުމަށްފަހު އެންމެ ރައްކާތެރިކޮށް ދޮންނާނީ ކިހިނެއް؟

މާސްކު ބޭނުންކުރުމަށްފަހު އެންމެ ރައްކާތެރިކޮށް ދޮންނާނީ ކިހިނެއް؟

Share on twitter
Share on telegram

އަޅުގަނޑުމެން މޫނުގައި އަޅާ މާސްކަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުޙިންމު ދައުރެއް އަދާކުރާ އެކައްޗެވެ. ސަބަބަކީ މާސްކު އެޅުމުގެ ސަބަބުން އެހެންމީހުން ކެއްސާ،ކިނބިހިއަޅާ އަދި ވާހަކަދައްކާއިރު ދައުރުވަމުންދާ ރެސްޕިރޭޓަރީ ޑްރޮޕްލެޓްސް އަހަރުމެންނާއި ހަމަޔަށް ވާސިލުނުވެ ސަލާމަތްވާތީއެވެ. އަދި މިދެނެނެވުނު ޑްރޮޕްލެޓްސްގެ ސަބަބުން ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ވާސިލުވެއެވެ. އެހެންކަމުން މި ޑްރޮޕްލެޓް މީހާގެ އަނގައިން ނުވަތަ ނޭފަތުގެ ޒަރިއްޔާއިން ހަށިގަނޑަށް އެތެރެވެއްޖެނަމަ ބަލިޖެހުމަށް މެދުވެރިވެއެވެ.

މިދެންނެވުނު ސަބަބުތަކާއި ހެދި މާސްކު ބޭނުންކުރުމަށްފަހު ވަރަށް ރަނގަޅަށް ސެނިޓައިޒްކުރުން ނުވަތަ ދޮވުމަކީ ވަރަށް މުޙިންމު ކަމެކެވެ. އެހެންކަމުން ފޮތި މާސްކު ނުވަތަ އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރެވޭ މާސްކު ދޮންނައިރު މިނުކުތާތަކަށް ސަމާލުކަންދިނުން އެދެވިގެންވެއެވެ.

  • މާސްކު ބޭނުންކުރުމަށްފަހު މެޝިނަށް ލުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެލާށެވެ. އެއަށްފަހު މާސްކު ނަގާށެވެ. އަދި ނެގުމަށްފަހު ލޮލާއި، ނޭފަތް އަދި އަނގައިގައި އަތް ނުލުމަށް ސަމާލުވާށެވެ.
  • މާސްކު ނެގުމަށްފަހު ސީދާ މެޝިނަށް އަޅާށެވެ. އަދި ލަސްނުކޮށް ސައިބޯނިލައިގެން އަތް ދޮންނާށެވެ.
  • އާންމުކޮށް ގޭގައި ބޭނުންކުރާ ދޮންނަކުނޑި ތެރެއަށް ކުޑަ ލައްފިލުވާ ފޮދެއް އެޅުމަށްފަހު ތާފަނާ ފެނުގައި މާސްކު ދޮންނަން ހަނދާންކުރާށެވެ. ތާފަނާ ފެނުގައި އަވަހަށް ޖަރާސީމު ނައްތާލުމަށް އެހީވެދެއެވެ.
  • މާސްކު ދޮވެނިމުމަށްފަހު ރަނގަޅަށް ހިކެންދެން އެންމެ ގަދަ ހޫނުގައި ބަހައްޓާށެވެ. ގޭތެރޭގައި މާސްކު ހިއްކަން އަޅާނަމަ، މާސްކު ހިކުމުން އިސްތިރި ބޭނުކޮށްގެން ހޫނުކޮށްލާށެވެ.
  • މެޝިން ބޭނުން ނުކޮށް އަތުން މާސްކު ދޮންނަން ބޭނުން ނަމަވެސް މާސްކު ނެގުމުގެ ކުރިން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަމަށް އިސްކަންދޭން ވާނެއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.