ތުޅާދޫ ކައުންސިލްގެ އިދާރާ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

މުސާރައަށް 12000 ލިބޭ ގޮތަށް 5 މުވައްޒަފުން ހޯދަންކުރި އިޢުލާން ބާޠިލް ކޮށްފި

މުސާރައަށް 12000 ލިބޭ ގޮތަށް 5 މުވައްޒަފުން ހޯދަންކުރި އިޢުލާން ބާޠިލް ކޮށްފި

Share on twitter
Share on telegram

މަހު މުސާރައަށް 12000 ރުފިޔާ ލިބޭ ގޮތަށް ތުޅާދޫ ކައުންސިލަށް 5 މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާން، ސުންގަޑި ހަމަވާން 2 ގަޑިއިރަށް ވެފައި ވަނިކޮށް އެ ކައުންސިލުން ބާޠިލް ކޮށްފިއެވެ.

އެ އިޢުލާން ބާޠިލް ކުރުމަށް ކޮށްފައިވާ އިޢުލާންގައި ވަނީ ތުޅާދޫ ކައުންސިލުން ކުރިޔަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ބިދޭސީން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް މަސައްކަތަށް ނުކުމެވޭވަރު ވާނެކަމަށް ލަފާކުރެވޭތީ، ވަގުތީ ގޮތުން 1 މަސްދުވަހުގެ މުއްދަތަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލް ކޮށްފައިވާ ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ވަނީ، އެ ކައުންސިލުން ކުރިޔަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ބިދޭސީން ކަރަންޓީން ކުރަން ޖެހުމާއި ގުޅިގެން، ވަގުތީ ގޮތުން އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށާއި ޢަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތުޅާދޫ ކައުންސިލަށް ލިޔުމުން ހުށަހެޅުމަށް އެދޭކަމަށެވެ.

12000 ރުފިޔާ ލިބޭ ގޮތަށް ކައުންސިލުން އިޢުލާން ކޮށްފައިވާ މި ވަޒީފާތަކުގެ ޝަރުޠުތަކުގެ ގޮތުތުގައި ހިމަނާފައި ވަނީ، ލިޔަންކިޔަން ދަތުމާއި، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 8 ގަޑިއިރު މަސައްކަތް ކުރުމެވެ.

1 މަސް ދުވަހުގެ މުއްދަތަކަށް ނެގުމަށް ހަމަޖެހިފައިވާ މި 5 ވަޒީފާގެ ދުވަހު މުސާރައަކީ 350 ރުފިޔާއެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލެވެންސެއްގެ ގޮތުގައި 50 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި 5 ވަޒީފާއަށް ހޮވޭ ފަރާތްތަކުން ތުޅާދޫގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާ ނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގޮންގޮސް ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭނެއެވެ.

ތުޅާދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ އެ އިޢުލާނަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދުގެ 14:00 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.