މާލެއާއި ބ.ތުޅާދޫއާއި ދެމެދު ދަތުރުކުރާ ނިޔާމަ ބޯޓުގެ އިތުރު ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާމަ ބޯޓުން ޕޮޒިޓިވްވެފައި ވަނީ ބިދޭސީ ފަޅުވެރިއެކެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ނިޔާމަ ބޯޓް ކަރަންޓީނު ކޮށްފައި ވަނީ އެ ބޯޓްގެ ކެޕްޓަނާއި ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެންނެވެ.
ނިޔާމަ ބޯޓް ކަރަންޓީނު ކުރިއިރު ބޯޓްގައި ކޮވިޑަށް ޕޮޒިޓިވްވި ކެޕްޓަނާއި ފަޅުވެރިޔެއްގެ އިތުރުން އިތުރު ބިދޭސީ ފަޅުވެރިން ތަކެއް ތިއްބެވެ. ނިޔާމަ ބޯޓުން އިތުރު ފަޅުވެރިޔަކު ޕޮޒިޓިވް ވެފައި މިވަނީ އެބޯޓްގައި ކަރަންޓީނުކުރި ބިދޭސީ ފަޅުވެރިން ދޫކޮށްލުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ.
އިތުރު ތަފްސީލް އަންނަނީ ….



