މާލެއާއި ބ.ތުޅާދޫއާއި ދެމެދު ދަތުރުކުރާ އަގޯޓާ އެކްސްޕްރެސް ބޯޓް ކަރަންޓީނުން ދޫކޮށްލައިފިއެވެ.
އަގޯޓާ އެކްސް ކަރަންޓީނުން ދޫކޮށްލާފައި މިވަނީ އެބޯޓުން ޕޮޒިޓިވްވި ފަރާތްތަށް ދޫކޮށްލުމުގެ ކުރިން ނެގުނު ރިލީޒިންގ ސާމްޕަލްތައް ނެގެޓިވްވެފައި ވާތީއެވެ.
ކޮވިޑް-19 އަށް ދެ މުވައްޒަފަކު ޕޮޒިޓިވް ވުމާއި ގުޅިގެން އަގޯޓާ ބޯޓް ކަރަންޓީން ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.



