ތުޅާދޫ ސިއްޙީމަރުކަޒް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ފަސް އަހަރު ފަހުން ތުޅާދޫ މަރުކަޒުގައި ވިއްސައިފި

ފަސް އަހަރު ފަހުން ތުޅާދޫ މަރުކަޒުގައި ވިއްސައިފި

Share on twitter
Share on telegram

ބ.ތުޅާދޫ ސިއްޙީމަރުކަޒުގައި ފަސް އަހަރު ފަހުން މިއަދު މާބަނޑު އަންހެނަކު ވިއްސައިފިއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، އާއިލާއިން ބުނީ 28 އަހަރުގެ އަންހެން މީހާ ވިހާފައި ވަނީ  މިއަދު މެންދުރުފަހު 01:20 ހާއިރު ކަމަށެވެ. އަދި މިއަދު ވިހެއީ ފިރިހެން ކުއްޖެއް ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށްވެސް އާއިލާ އިން މަޢުލޫމާތު ދެއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ ސިއްޙީމަރުކަޒުގައި އެންމެ ފަހުން މާބަނޑު އަންހެނަކު ވިއްސާފައި ވަނީ 2015 ޑިސެމްބަރު 21 ވަނަ ދުވަހުއެވެ. އެ ދުވަހު ވިހާފައި ވަނީ އަންހެން ކުއްޖެކެވެ.

ފަސް އަހަރު ފަހުން ތުޅާދޫ ސިއްޙީމަރުކަޒުގައި މީހަކު ވިއްސާފައި ވުމާއި ގުޅިގެން އެ މަރުކަޒުގެ ބަހެއް ހޯދުމަށް ތުޅާދޫ އޮންލައިނުން މަސައްކަތް ކުރިނަމަވެސް ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ފޯނަށް ޖަވާބު ނުދެއްވާތީ އެ މަރުކަޒުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.