ކޮވިޑް-19 ގެ ކޭސް ތަކެއް ފެނުމާއި ގުޅިގެން ތުޅާދޫން މިހާތަނަށް 600 ސާމްޕަލް ވަނީ ނަގާފައެވެ. ތުޅާދޫން ނަގާފައިވާ މި ސާމްޕަލްތަޖުގެ ތެރޭގައި ފްލޫ ކުލިނިކްއަށް ދައްކައިގެން ނަގާފައިވާ ސާމްޕަލްތަކާއި ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ނަގާފައިވާ ސާމްޕަލްތަކުގެ އިތުރުން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ސާމްޕަލްތައް ހިމެނެއެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން 2021 މެއި 09 ވަނަ ދުވަހުން ފެށިގެން 2021 މެއި 25 ގެ ނިޔަލަށް ޖުމްލަ 600 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 492 ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވްވެފައި ވާއިރު އަދި މިހާތަނަށް ނަތީޖާ ނުލިބި 54 ސާމްޕަލް ވާކަން ފާހަގަ ކުރެވެއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 54 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 13 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 41 އެވެ.
ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



