ކަރަންޓީނުވުމަށް ތުޅާދޫއަށް އައި ފަރާތެއް އެމްބިއުލަންސް އަށް އަރަނީ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫން 06 މީހަކު ބަލިން ފަސޭހަ ވެއްޖެ، މިރޭ ނަތީޖާ ލިބުނު ހުރިހާ ފަރާތެއް ނެގެޓިވް

ތުޅާދޫން 06 މީހަކު ބަލިން ފަސޭހަ ވެއްޖެ، މިރޭ ނަތީޖާ ލިބުނު ހުރިހާ ފަރާތެއް ނެގެޓިވް

Share on twitter
Share on telegram

ބ.ތުޅާދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެކި ދުވަސް މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން މިރޭ ނަތީޖާ ލިބުނު 51 ފަރާތުގެ ސާމްޕަލްވެސް ނެގެޓިވް ވެއްޖެއެވެ. އަދި ތަފާސް ހިސާބްތައް ދައްކާތޮތުން މިހާތަނަށް ބަލިޖެހުނު 06 މީހަކު ވަނީ ބަލި ރަނގަޅު ވެފައެވެ.

ތުޅާދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުނުތާ 14 ދުވަސް ވެގެން ގޮސްފައި ވާއިރު، މިރޭ ނަތީޖާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ފުލޫ ކުލިނިކަށް ދެއްކި އެކަކާއި ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 45 މީހުންގެ އިތުރުން ރެންޑަމް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ 05 މީހުންނެވެ.

މިއަދު ތުޅާދޫން ޖުމްލަ 37 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލޫ ކްލިނިކަށް ދެއްކި 03 ފަރާތެއްގެ ސާމްޕަލާއި ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ 34 ސާމްޕަލެކެވެ. މިއަދާ މިރޭ ތުޅާދޫން އެއްވެސް ރެންޑަމް ސާމްޕަލެއް ނަގާފައެއް ނުވެއެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 583 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 492 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 37 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫން މިބައްޔަށް ޖުމްލަ 54 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 06 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 48 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.