ތުޅާދޫ ސިއްޙީމަރުކަޒް - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫން އިތުރު 02 ދިވެހިން ޕޮޒިޓިވް ވެއްޖެ

ތުޅާދޫން އިތުރު 02 ދިވެހިން ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫން މިރޭ އިތުރު 02 ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނޭ 02 ފަރާތަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ސާމްޕަލް ނަގާފައިވާ 02 ފަރާތެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 498 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 409 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 51 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 38 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫ ކައުންސިލުން މިރޭ އާންމު ކޮށްފައިވާ އިޢުލާންގައިވާ ގޮތުން ކަރަންޓީނުގެ މުއްދަތު އިތުރު ކޮށްފައި ވަނީ “ހިތްމަތް” ގެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.