ބ.ތުޅާދޫގެ މަންޒަރެއް - ފޮޓޯ: އަޙްމަދު ރަފްޙާން

ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ފުރަތަމަ ސާމްޕަލް ނަތީޖާ ލިބުމާއެކު ރަށުތެރޭގައި، ރިލީޒިން ސާމްޕަލް ވީތަނެއް ނޭގޭ!

ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ފުރަތަމަ ސާމްޕަލް ނަތީޖާ ލިބުމާއެކު ރަށުތެރޭގައި، ރިލީޒިން ސާމްޕަލް ވީތަނެއް ނޭގޭ!

Share on twitter
Share on telegram

ތުޅާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ފުރަތަމަ ސާމްޕަލް ނަތީޖާ ލިބުމާއެކު ރަށުތެރެއަށް ނިކުމެ އުޅޭކަމަށް ތުޅާދޫ އޮންލައިނަށް ކަށަވަރު ވެއްޖެއެވެ.

ޑައިރެކްޓް ކޮންޓެކްޓްވެގެން ނެގި ފުރަތަމަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވި ފަރާތުން، ރަށުގެ މަގުތަކުގައާއި މިސްކިތުގައި ހަރަކާތްތެރިވެފައި ވާތަން ތުޅާދޫ އޮންލައިންގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ.

ތުޅާދޫން ކޮވިޑް-19 ގެ ކޭސްތައް ފެނުމާއި ގުޅިގެން އެވަގުތު އެ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ ފުރަތަމަ ސާމްޕަލްނަގައި އެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވީ ކަމުގައިވީ ނަމަވެސް 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުމަށާއި، 14 ދުވަސް ހަމަވުމުން  އެ ފަރާތްތަކުގެ ރިލީޒިންގ ސާމްޕަލް ނަގާނެކަން، ތުޅާދޫ ސިއްޙީމަރުކަޒުން ވަނީ އަންގާފައިވެއެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތަކާއި، ޑައިރެކްޓް ކޮންޓެކްވެފައިވާ ފަރާތްތަކުގެ ސާމްޕަލް މީގެ ކުރިން ނެގި ނަމަވެސް، އެޗް.ޕީ.އޭ ގެ އެންގުމަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ސާމްޕަލް ނުނަގައި 14 ދުވަސް ވަންދެން ގޭގައި ތިބުމަށް މިހާރު ދަނީ އަންގަމުންނެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ހައިރިސްކް ފަރާތްތަކުގެ ސާމްޕަލް ވީހާވެސް އަވަހަކަށް ނެގުމުގެ މަސައްކަތް ތުޅާދޫ ސިއްޙީ މަރުކަޒުން ދަނީ ކުރަމުންނެވެ. ޑައިރެކްޓް ކޮންޓެކްޓްވާ ހައިރިސްކް ފަރާތްތައް ފިޔަވާ އެހެނިހެން ފަރާތްތަކުން ޕޮޒިޓިވްވި ފަރާތާއި އެންމެ ފަހުން ބައްދަލުވި ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެ ފަރާތްތަކުގެ ސާމްޕަލް ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ބ.ތުޅާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 49 ފަރާތުގެ ތެރޭގައި  ފުރަތަމަ ސާމްޕަލުން ނެގެޓިވް ވެފައިވާ އެތަށް ފަރާތެއްގެ، ދެ ވަނަ ސާމްޕަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތުޅާދޫ އޮންލައިންއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ތުޅާދޫއަށް ކުރިމަތިވެފައި މިވާ ނުރައްކާތެރި ބަލިމަޑުކަމުން އަރަގަތުމަށް ކަމާބެހޭ މުއައްސަސާތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންވާން ޖެއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަހުވަންތަކަން އިސްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 466 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 374 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 49 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 43 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.