ތުޅާދޫން މިރޭ ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ސާމްޕަލް ނެގި ފަރާތެއް އެކަނި

ތުޅާދޫން މިރޭ ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ސާމްޕަލް ނެގި ފަރާތެއް އެކަނި

Share on twitter
Share on telegram

ބ.ތުޅާދޫން މިރޭ އެކަކު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓީވްވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިރޭ ތުޅާދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ކޮންޓެކްޓް ޓަރޭސިންގްގެ ތެރެއިން ސާމްޕަލް ނަގާފައިވާ ފަރާތެއް އެކަންޏެވެ.

ތުޅާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާންގައިވާ ގޮތުން މިރޭ ޕޮޒިޓިވްވެފައި ވަނީ މީގެ ކުރިންވެސް ބިނާކް ގައި ކަރަންޓީންގައި ހުރިފަރާތެކެވެ. އެހެން ކަމުން ބިނާކުގެ ކަރަންޓީން މުއްދަތު ހަމަވާ ތާރީޙް މިހާރުވަނީ، 02 ޖޫން 2021 އަށް ބަދަލު ކޮށްފައެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 427 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 358 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 45 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 24 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.