ބ.ތުޅާދޫން އިތުރު 02 ބިދޭސީންނާއި 11 ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިރޭ ވަނީ އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ 02 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި 11 މީހުންނެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 406 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 310 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 44 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 52 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ.
ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



