ތުޅާދޫގައި ބޯކޮށުމުގެ ހިދުމަތްދޭ ވެހި ސެލޫން، މި ސެލޫނުގެ މުވައްޒަފަކު ރޭ ވަނީ ކޮވިޑް-19 އަށް ފައްސިވެފައި - ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ތުޅާދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫގައި ދިރިއުޅޭ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫ އޮންލައިންއަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 6 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ކައުންސިލްގެ ފަރާތުން ތުޅާދޫ ގޭގެއިން ކުނި ނަގައި އުކާލުމުގައި މަސައްކަތް ކުރާ މުވައްޒަފެއް ހިމެނެއެވެ.

މީގެ އިތުރުން ފެހުމުގެ މަސައްކަތް ކުރާ ދެ ތަނެއްގެ 2 މުވައްޒަފަކާއި، ކޮންޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގެ މުވައްޒަފަކާއި ކެފޭއެއްގެ ކައްކާއެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 360 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 272 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 31 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 57 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.