ނިޔާމަ ބޯޓް - ފޮޓޯ: އީޓީ

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

Share on twitter
Share on telegram

ބ.ތުޅާދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ “ނިޔާމަ” ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާމަ ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގާފައިވަނީ މާލެއިން ތުޅާދޫއަށް ދަތުރުކުރުމަށްފަހު، އަތޮޅުގެ އެހެނިހެން ރަށްތަކަށް މުދާ ބޭލުމަށްފަހު އެނބުރި ތުޅާދޫއަށް އައުމުން މި މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އެފަރާތްތަކުގެ ސާމްޕަލްގެ ނަގާފައި ވަނިކޮށް ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމަށް ފަހު ނިޔާމަ ބޯޓް ވަނީ ދަތުރު ފަށާފައެވެ. ނިޔާމާ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ޕޮޒިޓިވްވިކަން ތުޅާދޫ ސިއްޙީ މަރުކަޒަށް އެނގުނު އިރު އެ ބޯޓް އޮތީ ބ. ގޮއިދޫ ބަނދަރުގައެވެ.

މާލެއާއި ތުޅާދޫ އާއި ދެމެދު ދަތުރުކުރާ “އަގޯޓާ އެކްސްޕަރެސް” ބޯޓްގެ 2 ފަޅުވެރިޔަކު އިއްޔެ ވަނީ ކޮވިޑް-19 އަށް ފޮޒިޓިވް ވެފައެވެ. އަދި އެ ބޯޓް ތުޅާދޫ ބަނދަރުގައި އޮތީ ކަރަންޓީން ކޮށްފައެވެ. މީގެ އިތުރުން ތުޅާދޫގައި ހިންގާ “ވެހި ސެލޫން” ގެ މުވައްޒަފަކުވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 273 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 251 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، މިރޭގެ 12:30 އާއި ހަމައަށް ނަގާފައިވާ އެންމެހާ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ލިބިފައެވެ. ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 22 މީހުންނެވެ.

ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ތުޅާދޫން ރެންޑަމް ސާމްޕަލް ނަގަން ފަށާފައެއް ނުވެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.