ބ.ތުޅާދޫގެ މަންޒަރެއް - ފޮޓޯ: އަޙްމަދު ރަފްޙާން

ތުޅާދޫ ކްލަސްޓަރ: އިތުރު 2 މީހުން ޕޮޒިޓިވް، ޖުމްލަ 22 އަށް

ތުޅާދޫ ކްލަސްޓަރ: އިތުރު 2 މީހުން ޕޮޒިޓިވް، ޖުމްލަ 22 އަށް

Share on twitter
Share on telegram

ބ.ތުޅާދޫން ކޮވިޑް-19 އަށް އިތުރު 2 މީހަކު ޕޮޒިޓިވްވެ ޖުމަލް އަދަދު 22 އަށް އަރައިފިއެވެ.

ތުޅާދޫ ސިއްޙީމަރުކަޒުން އާންމު ކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން މިރޭ ޕޮޒިޓިވް ވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ 2 މީހެކެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 273 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 251 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، މިރޭގެ 12:30 އާއި ހަމައަށް ނަގާފައިވާ އެންމެހާ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ލިބިފައެވެ. ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 22 މީހުންނެވެ.

ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ތުޅާދޫން ރެންޑަމް ސާމްޕަލް ނަގަން ފަށާފައެއް ނުވެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.