ކެންދޫ، ގޮއިދޫ އަދި ތުޅާދޫން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ތުޅާދޫގެ ފަގީރުންނަށް، ބޮލަކަށް 1859.18 ރުފިޔާ

ކެންދޫ، ގޮއިދޫ އަދި ތުޅާދޫން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ތުޅާދޫގެ ފަގީރުންނަށް، ބޮލަކަށް 1859.18 ރުފިޔާ

Share on twitter
Share on telegram

ބ.ކެންދޫ، ބ.ގޮއިދޫ އަދި ބ.ތުޅާދޫން މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަގީރުންގެ ގޮތުގައި ބ.ތުޅާދޫގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ބަހައިފިއެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ޙުސައިން އިދުރީސް ވިދާޅުވީ ޒަކާތުގެ ގޮތުގައި މިއަހަރު ޖުމްލަ 61352.79 ރުފިޔާ ބަހާފައިވާ ކަމަށާއި، މިފައިސާ ބަހާފައިވަނީ ފަގީރުންގެ ގޮތުގައި ތުޅާދޫގައި ރަޖިސްޓްރީ ކޮށްފައިވާ 33 މީހުންގެ މެދުގައި ބޮލަކަށް 1859.18 ގެ މަގުން ކަމަށެވެ.

ޙުސައިން އިތުރަށް ވިދާޅުވީ ޒަކާތުގެ ގޮތުގައި ބަހާފައިވާ މި ފައިސާގެ ތެރޭގައި ޒަކާތުގެ ގޮތުގައި ތުޅާދޫއަށް ލިބިފައިވާ 32570 ރުފިޔާއާއި ޒަކާތުގެ ގޮތުގައި ބ.ގޮއިދޫ އަށް ލިބިފައިވާ 10298.56 ރުފިޔާ އާއި ޒަކާތުގެ ގޮތުގައި ބ.ކެންދޫ އަށް ލިބިފައިވާ 18341.23 ރުފިޔާގެ އިތުރުން ޞަދަގާތުގެ ގޮތުގައި ބ.ތުޅާދޫ އަށް ލިބިފައިވާ 143.00 ރުފިޔާ ހިމެނޭ ކަމަށެވެ.

ޒަކާތުގެ ފައިސާގެ ގޮތުގައި ބ.ގޮއިދޫ އާއި ބ.ކެންދޫ އަށް ލިބިފައިވާ ފައިސާ ތުޅާދޫގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންނަށް ބަހާފައިވަނީ އެ ދެ ރަށުގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީ ކޮށްފައި ނުވާތީ އެ ފައިސާ ތުޅާދޫގައި ރަޖިސްޓްރީ ވެފައިވާ ފަގީރުންނަށް ބެހެމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވާތީ ކަމަށް ޙުސައިން މަޢުލޫމާތު ދެއެވެ.

ފިތުރު ޒަކާތަކީ ރޯދަ މަހާ ބައްދަލުވި ކޮންމެ މުސްލިމަކަށް ވާޖިބުވެގެންވާ، އިސްލާމް ދީނުގެ ރުކުނެކެވެ. ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ އެވެ. އެގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ، ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ބަހައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.