އަގޯޓާ އެކްސްޕްރެސް ގެ ކެޕްޓަނާއި ފަޅުވެރިންގެ ސްކުން ނެގުން - ފޮޓޯ: ތުޅާދޫ އޮންލައިން

އަގޯޓާ އެކްސްޕްރެސް ތުޅާދޫއަށް ބަނދަރުކުރުމާއެކު ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގައިފި

އަގޯޓާ އެކްސްޕްރެސް ތުޅާދޫއަށް ބަނދަރުކުރުމާއެކު ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގައިފި

Share on twitter
Share on telegram

މާލެއާއި ބ.ތުޅާދޫއާއި ދެމެދު ދަތުރުކުރާ އަގޯޓާ އެކްސްޕްރެސް ބޯޓް މާލެއިން ފުރައިގެން އައިސް ތުޅާދޫއަށް ބަނދަރު ކުރުމާއެކު ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް، އެ ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގައިފިއެވެ.

މި ބޯޓުން ސާމްޕަލް ނަގާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 4 ބިދޭސީންނެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފަރާތްތަކުގެ ސާމްޕަލް ނަގާފައި މިވަނީ ބޯޓްގެ ކެޕްޓަންގެ އާއިލާގެ ބައެއް މެމްބަރުން ކޮވިޑް-19 އަށް ފައްސިވެފައި ވާތީ އެވެ.

އަގޯޓާ އެކްސްޕްރެސް އަކީ ތުޅާދޫގެ ގިނަ ވިޔަފާރި ވެރިންނާއި ޢާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު އެ ބޯޓެއްގެ ޚިދުމަތް ހޯދަމުންދާ ބޯޓެކެވެ.

ބ. ތުޅާދޫން މިހާތަނަށް ޖުމްލަ 181 ސާމްޕަލެއް ވަނީ ނަގާފައެވެ. މީގެ ތެރެއިން 13 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު 77 ފަރާތެއް ވަނީ މިބައްޔަށް ނައްސި ވެފައެވެ. އަދި ރޭ 01:00 އާއި ހަމައަށް ނަގާފައިވާ ސާމްޕަލުތަކުގެ ތެރެއިން 98 ސާމްޕަލެއްގެ ނަތީޖާ ވަނީ ނުލިބިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.