ބ. ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކަރަންޓީނުގެ 10 ދުވަސް ހަމަވުމުން ކުރި ޓެސްޓުން ޕޮޒިޓިވްވެފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
މިހާތަނަށް ތުޅާދޫން ކޮވިޑް-19 އަށް 08 މީހަކުވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 07 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ބ. އޭދަފުށިން ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު ތުޅާދޫއަށް ދަތުރުކޮށްފައިވާ 93 ފަރާތެއް ކަރަންޓީނު ކޮށްފައެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އޭދަފުށިން ތުޅާދޫއަށް ދަތުރުކުރިފަހުން 10 ދުވަސް ފާއިތުވެފައިވާ ހުރިހާ ފަރާތްތަކެއްގެ ސާމްޕަލް ނަގައި ކޮވިޑް ޓެސްޓް ހެދުމަށް ވަނީ ފޮނުވާފައެވެ.
އޭދަފުށީ ކްލަސްޓަރ އާއި ގުޅިގެން ޓެސްޓް ހެދި ގިނަ އަދަދެއްގެ ފަރާތްތަކުގެ ނަތީޖާ މިވަގުތާ ހަމަޔަށް ލިބިފައި ވާއިރު، ނަތީޖާ ލިބިފައިވާ އެންމެހާ ފަރާތްތައްވެސް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.



