އޭދަފުށި ކްލަސްޓަރ: ތުޅާދޫން ޖުމްލަ 45 ފަރާތެއްގެ ސާމްޕަލް ނަގައިފި – އެއްވެސް ފަރާތެއްގެ ނަތީޖާއެއް ނުލިބޭ!

އޭދަފުށި ކްލަސްޓަރ: ތުޅާދޫން ޖުމްލަ 45 ފަރާތެއްގެ ސާމްޕަލް ނަގައިފި – އެއްވެސް ފަރާތެއްގެ ނަތީޖާއެއް ނުލިބޭ!

Share on twitter
Share on telegram

ބ. އޭދަފުށިން ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އެންގި އެންގުމާއި ގުޅިގެން މިހާތަނަށް ބ.ތުޅާދޫގައި ހޯމްކަރަންޓީން ކޮށްފައިވާ 93 މީހުންގެ ތެރެއިން ޖުމަލް 45 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވައިފިއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ރޭ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ފޮނުވާފައިވަނީ 14 ފަރާތެއްގެ ސާމްޕަލްކަމަށެވެ. ނަމަވެސް މިހާތަނަށް ފޮނުވި އެއްވެސް ސާމްޕަލް އެއްގެ ނަތީޖާ ލިބިފައި ނުވާކަމަށްވެސް މާހީނޫޒް ފާހަގަ ކުރެއްވިއެވެ.

މާހީނޫޒް އިތުރަށް ވިދާޅުވީ ކަރަންޓީނު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އޭދަފުށިން ތުޅާދޫއަށް ދަތުރު ކުރިފަހުން 10 ދުވަސް ފާއިތުވެފައިވާ ފަރާތްތަކުގެ ސާމްޕަލްތައް ވީހާވެސް އަވަހަށް ނަގައި ޓެސްޓް ކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

 

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޭދަފުށިން އިއްޔެ 23 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 71 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން އެކަކަށް ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.