ކޯވިޑް-19 އޭދަފުށީ ކްލަސްޓަރ: އިތުރު 11 މީހުން ޕޮޒިޓިވް، ޖުމްލަ 48 އަށް

ކޯވިޑް-19 އޭދަފުށީ ކްލަސްޓަރ: އިތުރު 11 މީހުން ޕޮޒިޓިވް، ޖުމްލަ 48 އަށް

Share on twitter
Share on telegram

ބ.އޭދަފުށިން އަނެއްކާވެސް އިތުރު 11 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެންމެފަހުން ޕޮޒިޓިވްވީ ރޯގާގެ ޢަލާމާތްތަކެއް ހުރެގެން ބ.އަތޮޅު ހޮސްޕިޓަލުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެރަށުން މީގެކުރިން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓް ވިކަމަށް ބެލޭވޭ ބައެކެވެ. މިހާރު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 48 އަށް އަރާފައެވެ.

އެރަށުން މިހާތަނަށް 469 ސާމްޕަލްއެއްވަނީ ނަގާފައެވެ. މީގެތެރެއިން 421 މީހުން މިބައްޔަށް ނެގެޓިވެފައިވާއިރު، ބަލިޖެހުނު 50 އަހަރުން މަތީގެ އަންހެނަކަށް ރީޖަނަލް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

އޭދަފުށިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 7 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އާ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތަކެއް ހޮސްޕިޓަލާ ފުލުހުން އަދި އަތޮޅު ކައުންސިލް ގުޅިގެން އަންނަނީ ކުރަމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.