އޭދަފުށީ މަގެއމަތީ ބަޔަކު މަޑުކޮށްލައިގެން. މިރަށުގައި ކޮވިޑް ފެތުރޭތީ ޒަރޫރީ ބޭނުންތަަކަށް ނޫނީ ގެއިން ބޭރަށް ނުދިއުމަށް ކައުންސިލުން އޭދޭ — ފޮޓޯ: އީޓީ

ކޮވިޑް-19: އޭދަފުށިން ފައްސިވީ މީހުންގެ ޢަދަދު 12އަށް

ކޮވިޑް-19: އޭދަފުށިން ފައްސިވީ މީހުންގެ ޢަދަދު 12އަށް

Share on twitter
Share on telegram

ބ.އޭދަފުށީގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ ޕޮޒިޓިވްވި މީހުންގެ ޢަދަދު 12އަށް އަރައިފިއެވެ.

އޭދަފުށީގައި ރެންޑަމް ސާމްޕަލް ނަގަމުންދާއިރު، 411 ސާމްޕަލެއް މިހާތަނަށް ނަގާފައިވެއެވެ. އޭގެ ތެރެއިން އިތުރު 5 މީހުންގެ ނަތީޖާ ފައްސިކަަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭދަފުށިން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރިކުރެވިފައެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާއިރު، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން އަންގާފައިވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ. ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.