ތުޅާދޫގައި އަލަށް އަޅަމުންދާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށް ދަނީ

އަލަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލި އުޞޫލަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

އަލަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލި އުޞޫލަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

Share on twitter
Share on telegram

ބ.ތުޅާދޫގައި މިހާރު އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޑްރާފްޓް އުޞޫލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޑްރާފްޓަ ކޮށްފައިވާ “ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ.ތުޅާދޫގައި ޢިމާރާޓްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުތުތަކުގެ ޑްރާފްޓް ތުޅާދޫ ކައުންސިލުން އިޢުލާން ކޮށްފައިވަނީ 2020 އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ.

ބ.ތުޅާދޫ ކައުންސިލުން މިހާރުވަނީ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި ޝަރުތުތަކުގެ ޑްރާފްޓް އާއްމުކޮށްފައެވެ. މި ޑްރާފްޓްގައިވަނީ ހައުސިންގ ޔުނިޓްގެ އަގުތަކާއި، ފައިސާ ދައްކާނެ އުސޫލާއި، އަދި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގައި ބަލާ ޝަރުތުތަކާއި ޕޮއިންޓްދޭ އުސޫލުގެ މަޢުލޫމާތުތައް ހިމަނާފައެވެ. މި ޑްރާފްޓަށް އާއްމުންގެ ޝަކުވާއެއްވާނަމަ ނުވަތަ ޚިޔާލެއް ވާނަމަ ހުށައެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ބ.ތުޅާދޫގައި ސަރުކާރުން އިމާރާތްކުރަނީ 100 ހައުސިންގ ޔުނިޓެވެ. ރޯހައުސްގޮތަށް އިމާރާތްކުރާ މި ގެތަކަކީ 1400އަކަފޫޓުގެ ބަންޑާރަ ބިމުގައި ހަދާ 900އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނައާއި ބަދިގެއާއި ސިޓިންގ ރޫމް ހިމެނެއެވެ.

ގެތައް ދޫކުރުމަށް ނިންމާފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބ.ތުޅާދޫ ރައްޔިތުންނާއި ބ.ތުޅާދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެނިހެން ރަށްތަކުގެ މީހުންނަށް ޚާއްސަ ކެޓަގަރީއެވެ. ދެ ކެޓަގަރީއަށް ކަނޑައަޅާނެ ހައުސިނގް ޔުނިޓްތަކުގެ ޢަދަދަށްވެސް އާއްމުންގެ ޚިޔާލަށް، ތުޅާދޫ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

ތުޅާދޫގައި އަލަށް ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކެވެ. ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ، ޚިޔާލު ހޯދުމުގެ މަރުޙަލާ ނިންމައި ހައުސިޓް ޔުނިޓް ދޫކުރާނެ ދާއިމީ އުސޫލު އެކުލަވާލެވުމުންނެވެ.

ތުޅާދުއަކީ އާބާދީގައި ތިންހާހެއްހައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގައި ގޯތި ބޭނުންވާ ގިނަ އާއިލާތައް ތިބިކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

މި އުޞޫލަށް ޙިޔާލު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ލިޔުމަކުން ނުވަތަ ކައުންސިލުން ދޫކުރާ ހިޔާލު ހުށަހަލާ ފޯމުން 2020 އޮކްޓޯބަރު2 6 ވަނަ ދުވަހުގެ 14:00ގެ ކުރިން ތުޅާދޫ ކައުންސިލްއަށް ހުށަހެޅުއްވުމަށް ތުޅާދޫ ކައުންސިލުން އެދެއެވެ. އަދި ތުޅާދޫ ކައުންސިލްގެ އީމެއިލްއަށް ފޮނުވާ މެއިލްވެސް ބަލައި ގަންނާނެކަމަށްވެސް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން އޮންލައިންކޮށްވެސް ޚިޔާލު ހުށަހެޅޭނެގޮތް ތުޅާދޫ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.