ބ.ތުޅާދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާޢްމުކޮށްފިއެވެ.
ތުޅާދޫ ކައުންސިލުން މަޢޫލޫމާތު ދޭ ގޮތުގައި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ2020 ނޮވެމްބަރު 08 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅަން ވާނީ ސިޓީއަކުން ކައުންސިލް އިދާރާއަށެވެ. އަދި އީމެއިލްގެ ޒަރީއާއިން ޝަކުވާ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ތުޅާދޫ ކައުންސިލްގެ އީމެއިލްއަށް މެއިލް ކުރުމުންވެސް ޝަކުވާ ބަލައިގަނެވޭނެ ކަމަށްވެސް ތުޅާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާއަށް އެދި ހުށަހަޅާ ސިޓީގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީ ކާޑް ނަންބަރު އޮންނަންވާނެ ކަމަށާއި އަނގަބަހުންނާއި، ފޯނުން ހުށަހެޅޭ ޝަކުވާތަށް ބަލައި ނުގަނެވޭނެ ކަމަށްވެސް ތުޅާދޫ ކައުންސިލްގެ އިޢުލާންގައި ވެއެވެ.



