ދިރާގު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ތުޅާދޫއަށްވެސް ތައާރަފު ކޮށްފި

ދިރާގު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ތުޅާދޫއަށްވެސް ތައާރަފު ކޮށްފި

Share on twitter
Share on telegram

ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތާއި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދޫގައި މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ދިރާގުން ހާމަކޮށްފައި ވަނީ މިހާރު ތުޅާދޫގެ ގޭބިސީތަކާއި ވިޔަފާރިތަކަށް ހައިސްޕީޑް ފައިބަރ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށެވެ. އަދި ތުޅާދުއަށް މިއަދު ތައާރަފް ކުރި ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ އިންޓަނެޓް ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެއްކަމަށްވެސް ދިރާގުން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން “ފައިބަރ ޓު ދަ ހޯމް”ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅު ތެރޭގެ 41 ރަށަކަށް ފޯރުކޮށްދެމުން ދެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.