އަންނަ އަހަރުން ފެށިގެން، ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ހަމަޖެހިގެންދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ ނަފުސާނީ ބައްޔަށް ކުރާ ޚަރަދު އާސަންދައިން މިހާތަނަށް ކަވަރ ނުވި ނަމަވެސް އެކަން ނިމުމަކަށް ގެނެސް އެ ބަދަލު އަންނަ ޖަނަވަރީ މަހުން ފެށިގެން އަންނާނެ ކަމަށެވެ.
ރާއްޖޭގައި ނަފުސާނީ ބަލީގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



