މީޑިއާ ކޮމިޝަންގެ އިންތިހާބަށް އޮބްޒާވަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު!

މީޑިއާ ކޮމިޝަންގެ އިންތިހާބަށް އޮބްޒާވަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު!

Share on twitter
Share on telegram

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބު 2025، މޮނިޓަރކޮށް އޮބްޒާވަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ އިލެކްޝަން ކޮމިޝަން (އީސީ)ން ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅިގެން އީސީން ނެރުނު އިއުލާނުގައި ވިދާޅުވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބުކުރުމަށް ވޯޓުލުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށާއި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފާ ކަމަށެވެ.

އަދި ފޯކަލް ޕޮއިންޓަށް ވުމަށް [email protected] އަށް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އަދި my.elections.gov.mv ޕޯޓަލް އިން މޮނީޓަރަށް ވުމަށް ފޯމު ހުށަހެޅޭނެ ކަމަށާއި މޮނީޓަރުންގެ މައުލޫމާތު ހުށަހަޅާނީ ފޯކަލް ޕޮއިންޓަށް ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

މި ފުރުސަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.

މި އިންތިހާބަކީ މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނު ތަސްދީގުކުރެވި، އެ ގާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ބާއްވާ ފުރަތަމަ އިންތިހާބެވެ. މި ގާނޫނު ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.