ފޮޓޯ: ފޮޓޯމާސްޓާ

އޭޝިއަން ފުޓްސަލް ކޮލިފިކޭޝަނަށް ގެންދާ ރާއްޖޭ ގައުމީ ޓީމު އިއުލާނުކޮށްފި

އޭޝިއަން ފުޓްސަލް ކޮލިފިކޭޝަނަށް ގެންދާ ރާއްޖޭ ގައުމީ ޓީމު އިއުލާނުކޮށްފި

Share on twitter
Share on telegram

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިއާސްގައި ރާއްޖެ ތަމްސީލުކުރާ ޓީމު އިއުލާނުކޮށްފިއެވެ.

ސެޕްޓެމްބަރު 20 އަދި 22 ދުވަހު ރާއްޖެއިން ދެ ކޮލިފައިން މެޗު ކުޅެން ހަމަޖެހިފައިވާއިރު, މުބާރާތުގެ ގްރޫޕު ‘އެޗް’ ގެ ހޯސްޓުން ކަމުގައިވާ މިޔަންމާއަށް ރާއްޖެ ޓީމު ފުރަން ހަމަޖެހިފައިވަނީ މިއަދެވެ.

ރާއްޖެއާއެކު ގްރޫޕު ‘އެޗް’ ގައި އޮތީ ހޯސްޓު މިޔަންމާ އަދި އަފްޣާނިސްތާނެވެ. މި ގްރޫޕަކީ ކޮލިފައިއާސްގައި ތިން ޓީމު ހިމެނޭ ހަމައެކަނި ގްރޫޕުކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގެ ޓީމު އިއުލާނުކޮށްފައިވާއިރު އަހްމަދް އަޔާޒް, އިސްމާއީލް ވަޖީހު އަދި އަލީ ހާފިޒު ފަދަ ގައުމީ ތަޖުރިބާހުރި ކުޅުންތެރިން ހިމެނިފައިވާއިރު 4 އާ ކުޅުންތެރިން ވަނީ ސްކޮޑުގައި ހިމެނިފައެވެ. އެއީ އަލީ ޝަމާލް އަބްދުﷲ, އަހްމަދް ރާހިލް ރަޝީދް, މުހައްމަދު ފާސިރު އަދި ގޯލްކީޕަރު އަބްދުﷲ ޒިމާމެވެ.

2026 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕަކީ މި މުބާރާތުގެ 18 ވަނަ އެޑިޝަނެވެ. މި ފަހަރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.