ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގަންނަވާފައިމިވަނީ ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮސްފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާގައި މީޑިއާ ބިލް ފާސްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.



