ރައީސް މުޢިއްޒު ޤަޠަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޤަޠަރު ދަތުރުފުޅު ނިންމަވާލައްވައި ރައީސް ރާއްޖެ ވަޑައިގެންފި

ޤަޠަރު ދަތުރުފުޅު ނިންމަވާލައްވައި ރައީސް ރާއްޖެ ވަޑައިގެންފި

Share on twitter
Share on telegram

ޢަރަބި އިސްލާމީ ޤައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ފެށުނު މި ދަތުރުފުޅުގައި ރައީސް ވަނީ ޤަޠަރުގައި ބޭއްވުނު ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވާފައެވެ.

ހޯމަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ވަނީ މި މަހުގެ 9 ވަނަ ދުވަހު ޔަހޫދީ އިޒްރޭލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި “ފަލަސްޠީނުގެ މައްސަލައިގައި ޤަޠަރު އަދާކުރަމުންދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު” ކަމަށް ފާހަގަކުރައްވައި، އެ މަސައްކަތަށް އަނިޔާވެރިވުމަކީ ކުރަންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިޒްރާއިލުން ޤަޠަރަށް ދިން ހަމަލާގައި ޝަހީދުވި ފަރާތްތަކާ ގުޅޭގޮތުން ތައުޒިޔާ އާއި ހަމްދަރުދީ ފާޅުކުރައްވައި، ރާއްޖެ އޮތީ ޤަަޠަރާއެކުގައި ކަމަށާއި އެ ސަރަޙައްދުގައި ސުލްޙަވެރިކަން ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ އިޒްރޭލުން ފަލަސްޠީނުގެ ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު އަމާޒުކޮށް ދެމުންގެންދާ ހަމަލާތައްވެސް ކުށްވެރިކުރައްވާފައެވެ. އަދި މިފަދަ އަމަލުތަކާ ގުޅިގެން އިސްރާޢީލްގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ދެ ޤައުމުގެ ވެރިންގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ޤަޠަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.