ތުޅާ ފުޓްސަލް މުބާރާތުގެ ތެރެއިން --

ޓީއެފްޓީ 2024: އެފްސީ ބޮސްފިޝަރ ބަލިކޮށް ދެކުނު ކަންމަތި ފައިނަލަށް

ޓީއެފްޓީ 2024: އެފްސީ ބޮސްފިޝަރ ބަލިކޮށް ދެކުނު ކަންމަތި ފައިނަލަށް

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުގައި އެފްސީ ބޮސް ފިޝަރގެ މައްޗަށް ކުރިހޯދައި ދެކުނު ކަންމަތި ފައިނަލުން ޖާގަ ހޯދައިފިއެވެ.

ދެކުނު ކަންމަތި ފައިނަލުން ޖާގަހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައިއ އެފްސީ ބޮސްފިޝަރ އާ ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދެކުނު ކަންމައްޗަށް ލަނޑު ޖަހައިދިނީ ހަތަރު ލަނޑު ޖެހި އީވާން އިބްރާހިމް ޒުބައިރުގެ އިތުރުން އާދިލް ޢަބްދުލް ރަޙްމާންއެވެ. އެފްސީ ބޮސްފިޝަރގެ ދެ ލަނޑު ޖަހައިދިނީ އިޒްމަން އަހްމަދު ސިނާން އާއި އަޙްމަދު މިންހާލް ޢަބްދުލް މުހައިމިންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެކުނު ކަންމަތީގެ އީވާންއެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަލް ސްޓްރައިކާ އާއި ދެކުނު ކަންމަތިއެވެ. އަލް ސްޓްރައިކާ އިން ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގައި ބޮސްފިޝަރގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.