ޓީއެފްޓީ 2024: ބޮސްފިޝަރ ބަލިކޮށް އަލް ސްޓްރައިކާ ފައިނަލަށް

ޓީއެފްޓީ 2024: ބޮސްފިޝަރ ބަލިކޮށް އަލް ސްޓްރައިކާ ފައިނަލަށް

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބޮސްފިޝަރ ގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައި އަލް ސްޓްރައިކާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗު އަލް ސްޓްރައިކާސް އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމް 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ކުރި ހޯދައިގެންނެވެ.

މިމެޗުގައި އިފްހާމް ރަޝާދުގެ ލަނޑުން އަލް ސްޓްރައިކާ އިން މެޗުގެ ލީޑު ނެގިނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީ ބޮސްފިޝަރ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮޮށްފައެވެ. މިލަނޑު ޖަހައިދިނީ އިބްރާހިމް ރަފާހުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އަލް ސްޓްރައިކާއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ބޮޝްފިޝަރގެ ތިން ޕެނަލްޓީވެސް ދިފާޢުކުރި އަލް ސްޓްރައިކާސްގެ ކީޕަރު މުޙައްމަދު އަނޫފް އަބޫބަކުރުއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް ސްޓްރައިކާސް ފައިނަލުން ޖާގަހޯދާފައިވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 5 ވަނަ ދުވަހުގެރޭ 21:30 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.