ތުޅާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން އެމިޓީ އާއި ދެކުނު ކަންމަތިން ޖާގަ ކަށަވަރުކޮށްފިއެވެ.
ތިން ޓީމު ވާދަކުރާ އަންހެން ޑިވިޜަން ކުރިއަށްދަނީ ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ.
އަންހެން ޑިވިޜަންގެ ގްރޫޕް ޓޭބަލްއަށް ބަލާއިރު، އެމިޓީ އާއި ނޮރިންމަ ތިން މެޗު ވަނީ ކުޅެފައެވެ. އަދި ދެކުނު ކަންމަތި ވަނީ ދެ މެޗު ކުޅެފައެވެ. އެމިޓީ އާއި ދެކުނު ކަންމައްޗަށް 6 ޕޮއިންޓް ލިބިފައިވާއިރު، އެމިޓީއަށް ގްރޫޕްގެ އެއް ވަނަ ލިބެނީ ކުޅުނު ތިން މެޗުން ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި ދެކުނު ކަންމައްޗަށް ދެވަނަ ލިބެނީ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުންނެވެ. ނަމަވެސް މިއަދު ހަވީރު އެމިޓީ އާއި ދެކުނު ކަންމަތި ވާދަކުރާ މެޗުން ދެކުނު ކަންމަތި މޮޅުވެއްޖެނަމަ ބާކީ އެއް މެޗު އޮއްވައި ގްރޫޕްގެ އެއް ވަނަ ކަށަވަރު ކުރެވިގެންދާނެއެވެ.
ގުރޫޕުގެ ފަހު މެޗުގައި ދެކުނު ކަންމަތި ވާދަކުރަންޖެހެނީ ޖުލައި 31 ވަނަ ދުވަހު އަންހެން ޑިވިޜަންގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ފައިނަލުން ފުރުސަތު ގެއްލިފައިވާ ނޮރިންމައާއެވެ. މިމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ދެކުނު ކަންމަައްޗަށް ގްުރޫޕްގެ އެއް ވަނަ ޔަގީންވެގެން ދާނެއެވެ.



