ބ.ތުޅާދޫ ފެނަކަ ބްރާންޗް

ފެނަކަ ބިލް ސީދާ ކަސްޓަމަރުގެ ފޯނަށް، ބިލް ޕްރިންޓް ކުރަންދާ ޚަރަދަށް ބޮޑު ލުޔެއް

ފެނަކަ ބިލް ސީދާ ކަސްޓަމަރުގެ ފޯނަށް، ބިލް ޕްރިންޓް ކުރަންދާ ޚަރަދަށް ބޮޑު ލުޔެއް

Share on twitter
Share on telegram

ފެނަކަ ކޯޕަރޭޝަނުން ދޭ ޚިދުމަތުގެ ބިލް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ފެށުމާއެކު ބިލް ޕްރިންޓް ކުރަން ދާ ޚަރަދަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކަ އިން މިޙާރު ބލް ފޮނުވަނީ ޕްރިންޓް ކޮށްފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި، ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓަރ ކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ފައިސާ ނުދައްކާ ފަރާތްތަކަށް ފޮނުވާ “ރެޑްނޯޓިސް” ވެސް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ފެނަކައިން ބުނެއެވެ.

މި ޚިދުމަތް އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޯށްދޭން ފެށުމާއި އެކު މަހެއްގެ މައްޗައް ބިލް ޕްރިންޓް ކުރުމަށް ދާ ޚަރަދުން 104،000ރ އަދި ރެޑްނޯޓިސް ފޮނުވުމަށްދާ ޚަރަދުން 10،000ރ ސަލާމަތް ކުރެވިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

އެހެން ކަމުން މިދެ ޚަރަދަށް އެކަނި ބެލި ކަމުގައި ވިޔަސް މަހެއްގެ މައްޗަށް 114،000ރ ސަލާމަތް ކުރެވޭ އިރު އިދާރީ ކަންކަމަށް ދާ ޚަރަދުތަކުން ވެސް ބޮޑުބައެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ބިލުގައި ހިމަނާފައި ހުންނާނެ މައުލޫމާތުތަކުގެ ތެރޭގައި ބިލް ނަންބަރު، ބިލިންގް އެޑްރެސް، މީޓަރު ނަންބަރު، ސަބްސްކްރިޕްޝަން ނަންބަރު، ބިލުގައިވާ ފައިސާގެ އަދަދު އަދި މުއްދަތު ހަމަވާ ތާރީޚު ހިމެނެއެވެ. މި އުސޫލަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، އެސްއެމްއެސް މެދުވެރިކޮށް ބިލް ލިބެމުން ނުދާނަމަ، ޚިދުމަތް ހޯދާ ބްރާންޗަށް ގުޅައިގެން މައްސަލަ ހައްލުކުރުމަށް ފެނަކައިން އެދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.