ޓީއެފްޓީ 2024: އިއްޔެ ކުޅުނު މެޗުތަކުން ދެކުނު ކަންމަތި، ޓާގެޓް، އަލް ސްޓްރައިކާ އަދި ތޮޅިހޭ މޮޅުވެއްޖެ

ޓީއެފްޓީ 2024: އިއްޔެ ކުޅުނު މެޗުތަކުން ދެކުނު ކަންމަތި، ޓާގެޓް، އަލް ސްޓްރައިކާ އަދި ތޮޅިހޭ މޮޅުވެއްޖެ

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރު އަދި ރޭ ކުޅުނު މެޗުތަކުން ދެކުނު ކަންމައްޗާއި ޓާގެޓް ފުޓްބޯޅަ ޓީމާއި އަލް ސްޓްރައިކާ އަދި ކުލަބް ތޮޅިހެލޭ މޮޅުވެއްޖެއެވެ.

އަންހެން ޑިވިޜަންގައި އިއްޔެ ހަވީރު ދެކުނު ކަންމައްޗާއި ނޮރިންމަ ވާދަކުރި މެޗު ދެކުނު ކަންމަތިން ކާމިޔާބުކޮށްފައިވަނީ 21-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިމެޗުގައި ދެކުނު ކަންމަތީގެ އިފްޝާ ޙަސަން އާއި ސާޖިދާ އަބްދުލް ރަހުމާން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 8 ލަނޑު ޖަހާފައެވެ. ދެން ލަނޑު ތައް ޖަހައިދިނީ ތިން ލަނޑު ޖެހި މަރިޔަމް ޝައުފާގެ އިތުރުން ޝިފްނާ ވަހީދު އާއި ޝަބާ ޔޫސުފްއެވެ. މިމެޗުގައި ނޮރިންމަގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައްޒަ އަބްދުﷲ މޫސާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެކުނު ކަންމަތީގެ އިފާޝާ ޙަސަންއެވެ.

ޓާގެޓް ފުޓްބޯޅަ ކުލަބުން އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ އިއްޔެ ހަވީރު ސަކްސަސް ޔުނައިޓެޑާ ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޓާގެޓްގެ ޢަލީ މޫނިސް ހެޓްރިކް ހެދިއިރު ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ހައިޝަމްއެވެ. ސަކްސަސް ޔުނައިޓެޑުން ޖެހި ދެ ލަނޑު ޖަހައިދިނީ މުހައްމަދު ޝިހާން އާއި އިބްރާހިމް އާރިފްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލީ މޫނިސްއެވެ.

އަލް ސްޓްރއިކާ އިން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ރޭ އެފްސީ ބިއްލޫރިއާ ވާދަކޮށް 4-1 އިންނެވެ. މިމެޗުގައި އަލް ސްޓްރައިކާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖައިދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު މުޙައްމަދު ތަސްނީމްއެވެ. ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ހަސަން އެވެ. މިމެޗުގައި އެފްސީ ބިއްލޫރިއަށް ސުން ކަނޑުވާލަދިނީ ޝިޔާޙް މުޙައްމަދުއެވެ.

ކުލަބު ތޮޅިހެލޭ އިން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ރޭ ޒެފާސް ސްޕޯޓްސް ކުލަބާ ވާދަކޮށް 10-5 ނަތީޖާއަކުންނެވެ. މިމެޗުގައި ތޮޅިހެލޭގެ ހައިސަމް މުޙައްމަދު ހަމީިދު ފަސް ލަނޑު ޖެހިއިރު، އިފުހާމް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ދެން ލަނޑުތައް ޖަހައިދީފައިވަނީ އަލީ ވިޝާމް އާއި އަހްމަދު އިރުފާދު ޔޫސުފް އަދި އަރުސަމް އިސްމާޢީލްއެވެ. މިމެޗުގައި ޒެފާސްގެ އިރުޝާން އިސްމާޢީލް ތިން ލަނޑު ޖެހިއިރު އަނެއް ދެލަނޑު ޖަހައިދިނީ ޝައިބާން އަހްމަދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ތޮޅިހެލޭގެ ހަައިސަމްއެވެ.

ތުޅާ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅޭއިރު، 16:15 ގައި ވާދަކުރާނީ އެފްސީ ބޮސް ފިޝަރ އާއި ސަކްސަސް ޔުނައިޓެޑްއެވެ. އަދި 17:15 ގައި ވާދަކުރާނީ ނޮރިންމަ އާއި ދެކުނު ކަންމައްޗެވެ. މިރޭ ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އަންހެން ޑިވިޜަންގެ އެމިޓީ އާއި ނޮރިންމަ ވާދަކުރާއިރު މިމެޗު ފަށާނީ މިރޭ 20:30 ގައެވެ. އަދި 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ފިރިހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ބޮސް ފިޝަރ އާއި ކުލަބު ތޮޅިހެލޭއެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ކުރިއަށްދަނީ ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފިރިހެން ޑިވިޜަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމު ސެމީއަށްދާ ގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.