އެފްސީ ބޮސްފިޝަރ އާއި އެފްސީ ބިއްލޫރި ވާދަކުރި މެޗުގެ ތެރެއިން --

ޓީއެފްޓީ 2024: އެފްސީ ބޮސްފިޝަރ އާއި އެފްސީ ބިއްލޫރި އެއްވަރުވިއިރު، ޒެފަރސް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ

ޓީއެފްޓީ 2024: އެފްސީ ބޮސްފިޝަރ އާއި އެފްސީ ބިއްލޫރި އެއްވަރުވިއިރު، ޒެފަރސް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ

Share on twitter
Share on telegram

ތުޅާ ފުޓްސަލް މުބާރާތުގައި އެފްސީ ބޮސްފިޝަރ އާއި އެފްސީ ބިއްލޫރި ވާދަކުރި މެޗު އެއްވަރުވިއިރު، ޒެފަރސް ސްޕޯޓްސް ކުލަބުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު އެފްސީ ބޮސްފިޝަރ އާއި އެފްސީ ބިއްލޫރި ވާދަކުރި މެޗު އެއްވަރުވެފައިވަނީ 2-2 އިންނެވެ. މިމެޗުގައި އެފްސީ ބޮސްފިޝަރ އިން ޖެހި ދެ ލަނޑުވެސް ޖަހައިދިނީ ހައްޔާން ޙަސަން ޙުސެއިންނެވެ. އެފްސީ ބިއްލޫރިން ޖެހި ދެ ލަނޑު ޖަހައިދީފައިވަނީ ޢަބްދުﷲ ފާއިޒް ޢަބްދުލް ޢަނީ އާއި އަޙްމަދު ޝާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްސީ ބޮސްފިޝަރގެ ހައްޔާން ޙަސަން ޙުސައިންއެވެ.

ޒެފަރސް ސްޕޯޓްސް ކުލަބުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ މިއަދު ހަވީިރު ނޮރިންމަ އާ ވާދަކޮށް 7-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޒެފަރސްއިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ޝައިބާން އަޙްމަދު ހެޓްރިކް ހެދިއިރު، ދެން ލަނޑުތައް ޖަހައިދީފައިވަނީ އިމާން ރަޝީދު އާއި އިރުޝާން އިސްމާޢީލް އާއި އަފްޒަލް އިބްރާހިމް އަދި އިބްރާހިމް މިޒްޔާން ސޯލިޙްއެވެ. މިމެޗުގައި ނޮރިންމައިން ޖެހި ދެ ލަނޑުވެސް ޖަހައިދިނީ ނަސީފް އަބޫބަކުރުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފަރސްގެ ޝައިބާން އަޙްމަދުއެވެ.

މިމުބާރާތުގައި މާދަމާ ހަތަރު މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މާދަމާ ހަވީރު އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ ނޮރިންމަ އާއި ދެކުނު ކަންމަތި ވާދަކުރާއިރު މިމެޗު ފަށާނީ ހަވީރު 16:15 ގައެވެ. އަދި 17:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ސަކްސަސް ޔުނައިޓެޑް އާއި ޓާގެޓް ފުޓްބޯޅަ ޓީމެވެ.

މާދަމާ ރޭ ކުޅޭ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކުލަބް ތޮޅިހެލޭ އާއި ޒެފަރސް ސްޕޯޓްސް ކުލަބް ވާދަކުރާއިރު މިމެޗު ފަށާނީ 20:30 ގައެވެ. ދެވަނަ މެޗު 21:30 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ އަލް ސްޓްރައިކާ އާއި އެފްސީ ބިއްލޫރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.