ޒެފާރސް އެސްސީ --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ޓާގެޓް ބަލިކޮށް ޒެފާރސް ފައިނަލަށް

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ޓާގެޓް ބަލިކޮށް ޒެފާރސް ފައިނަލަށް

Share on twitter
Share on telegram

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް ފަހު ޖާގަ ޒެފާރސް އެސްސީން ކަށަވަރުކޮށްފިއެވެ.

ޒެފާރސް ފައިނަލުން ޖާގަހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޓާގެޓް ފުޓްބޯޅަ ޓީމުގެ މައްޗަށް 4-3 ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ތުޅާދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މިމެޗުގައި ޒެފާރސްގެ ޢަބްދުﷲ ތަހުސީން ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު ދެން ލަނޑު ޖަހައިދިނީ ޢަލީ ވިޝާމްއެވެ. މިމެޗުގައި ޓާގެޓަށް ލަނޑުތައް ޖަހައިދީފައިވަނީ ދެ ލަނޑު ޖެހި އީވާން އިބްރާިމް ޒާހިރު އާއި އާދިލް ޢަބްދުލް ރަހުމާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފާރސްގެ ޢަބްދުﷲ ތަހުސީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތަހުސީން: އޭނާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައި —

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުގެރެއެވެ. އެގޮތުުން ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު ފަށާނީ އެރޭ 21:00 ގައެވެ. މިމެޗުގައި ވާދަކުރާނީ އަލް ސްޓްރައިކާ އާއި ޒެފާރސް އެސްސީއެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލްވެސް 21 ވަނަ ދުވަހުގެރޭ ކުޅޭއިރު މިމެޗުގައި ވާދަކުރާނީ އެމިޓީ އާއި ދެކުނު ކަންމައްޗެވެ. މިމެޗު ފަށާނީ 20:00 ގައެވެ.

ޖުލައި 14 އިން 21 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަަށް 25،000 ރުފިޔާގެ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމުތަކަށް 15،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މި މުބާރާތަކީ ތުޅާދޫގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖައްސުވައި ކުޅިވަރުގެ ފަންނާއި، ރޫޙު ދިރުވައި އާލާކޮށް، އަތޮޅާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ އެކުވެރި، ހުނަރުވެރި، ކުޅިވަރުގެ ޖީލެއް ބިނާކޮށް އެ ކަމަށް ތަރުޙީބު ދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.