2023 ވަނަ އަހަރުގެ ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުންވެސް އޮންލައިންކޮށް ބާއްވަން ނިންމާ އެކަން ތުޅާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ 23 ޖުލައި ވާ އާދިއްތަ ދުވަހުގެރޭ 20:30 ގައެވެ.
ޖުލައި މަހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހު ތުޅާދޫ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓް ހިއްސާ ކުރުމާއި ޑްރާފްޓް ކުރެވިފައިވާ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުމެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލާއި ޚިޔާލަށް ފުރުޞަތު ހުޅުވާލާނެކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެެވެ.
މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެންމެހާ ރައްޔިތުންނަށް ތުޅާދޫ ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ.
ފަހަކަށް އައިސް ތުޅަދޫ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަމުން ދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނޯޓް: ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް މި ލިންކް ބޭނުންކުރައްވާ!



