ސަކްސަސް ސިޓީ އާާއި ޓީމް މަލާފަތް ވާދަކުރި މެޗުގެ ތެރެއިިން --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ސަކްސަސް ސިޓީ އަތުން ބަލިވެ މަލާފަތް ކަޓައިފި

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ސަކްސަސް ސިޓީ އަތުން ބަލިވެ މަލާފަތް ކަޓައިފި

Share on twitter
Share on telegram

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ސަކްސަސް ސިޓީން އަތުން ބަލިވެ ޓީމް މަލާފަތް މުބާރާތުން ކަޓައިފިއެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ސަކްސަސް ސިޓީން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންވެ. މި ނަތީޖާއާއެކު ޓީމް މަލާފަތް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އަދި ސަކްސަސް ސިޓީން ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައެވެ.

މިރޭ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ސަކްސަސް ސިޓީ އަށް ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އިބްރާހިމް އާރިފްގެ އިތުރުން ސައުދުﷲ އިބްރާހިމް އާއި އަޒުމާން އިބްރާހިމް އާއި ޙަސަން ރަޝީދުއެވެ. ޓީމް މަލާފަތަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަޙުމަދު އާއި އިރުފާން ހުސައިން އާއި ޙަސަން މޫސާ އާއި މުޙައްމަދު ނައުޝާދުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަކްސަސް ސިޓީގެ އިބްރާހިމް އާރިފްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޯދި އިބްރާހިމް އާރިފަށް ޓްރޮފީ ހަވާލުކޮށްދެނީ —

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުން އަލް ސްޓްރައިކާ އާއި ކުލަބް ތޮޅިހެލޭ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ.  ފިރިހެން ޑިވިޜަންގެ ގްރޫޕް ސީ އިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށްދާ ޓީމެއް ކަށަވަރު ވެގެންދާނީ މާދަމާ ކުޅޭ ގްރޫޕް ސީގެ ފަހު މެޗުންނެވެ. މި މެޗުގައި ވާދަކުރާނީ ކްރޭޒީ ތޮޅިހެލޭ އާއި ޒެފާރސް އެސްސީއެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 16:15 ގައެވެ. އަދި މިމެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ލިބިގެންދާ ޓީމުވެސް ކަށަވަރު ވެގެންދާނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.