ނޮރިންމައާއި ދެކުނު ކަންމަތި ވާދަކުރި މެޗުގެ ތެރެއިން --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އެމިޓީ އާއި ދެކުނު ކަންމަތި އަންހެން ޑިވިޜަންގެ ފައިނަލަށް

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އެމިޓީ އާއި ދެކުނު ކަންމަތި އަންހެން ޑިވިޜަންގެ ފައިނަލަށް

Share on twitter
Share on telegram

ތުޅާދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން އެމިޓީ އާއި ދެކުނު ކަންމަތި ޖާގަހޯދައިފިއެވެ.

އެމިޓީ ފައިނަލުން ޖާގަހޯދީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މޮޅުވެ އެއް އެއްވަރުވުމުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެކުނު ކަންމަތި ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިރޭ ނޮރިންމަ އާ ވާދަކުރި މެޗު ފަސޭހަކަމާއެކު 17-1 އިން ކާމިޔާބުކޮށްގެންނެވެ. މިރޭގެ ނަތީޖާއާއެކު ދެކުނު ކަންމަތިވެސް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހަތަރު ޕޮއިންޓާއެކެވެ. އަންހެން ޑިވިޜަންގައި ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ދެ ޓީމު ވާދަކޮށްފައިވާއިރު އެމެޗު ނިމިފައިވަނީ 2-2 އިން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗުގައި ދެކުނު ކަންމަތިން ޖެހި 17 ލަނޑުގެ ތެރެއިން ސާޖިދާ ޢަބްދުލް ރަޙުމާން ނުވަ ލަނޑުޖަހައި ތިން ހެޓްރިކް ހެދިއިރު، ހުދާ ޔޫސުފް ވަނީ ހަތަރު ލަނޑުޖަހާފައެވެ. ދެން ލަނޑު ޖަހައިދީފައިވަނީ ޔަސްފާ ހާރޫން އާއި ރަޝީފާ ޢަބްދުލް ރަހީމް އާއި މަރިޔަމް ތަސްނީމާގެ އިތުރުން ސާދާ އަބޫބަކުރުއެވެ. މިމެޗުގައި ނޮރިންމަގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހުޒާމާ މޫސާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެކުނު ކަންމަތީގެ ސާޖިދާއެވެ.

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.