ކުލަބް ތޮޅިހެލޭ އާއި ޓީމް މަލާފަތް ވާދަކުރި މެޗުގެ ތެރެއިން: މިމެޗު 15-04 އިން ކާމިޔާބުކުރީ ތޮޅިހެލޭއިން --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ޓީމު މަލާފަތް އަތުން ތޮޅިހެލޭއަށް ބޮޑު މޮޅެއް

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: ޓީމު މަލާފަތް އަތުން ތޮޅިހެލޭއަށް ބޮޑު މޮޅެއް

Share on twitter
Share on telegram

ތުޅާދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ޓީމް މަލާފަތް 4-15 ބޮޑު ތަފާތަކުން ބަލިކޮށް ކުލަބް ތޮޅިހެލޭއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ތޮޅިހެލޭ އިން ޖެހި 15 ލަނޑުގެ ތެރެއިން ހަތް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އިބްރާހިމް ރަފާޙުއެވެ. ދެން ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި މައިސާން މުޙައްމަދު ނަސީރު އާއި ދެ ލަނޑު ޖަހައިދިން އަރުސަމް އިސްމާއިލްގެ އިތުރުން އަޙުމަދު ސާދިން އާއި އިފުހާމް މުޙައްމަދު އަދި ޙަސަން ނާއިލް ދާޢޫދުއެވެ.

މިމެޗުގައި މަލާފަތުން ކާމިޔާބުކުރި ހަތަރު ލަނޑު ޖަހައިދިނީ ޙަސަން ރަޝީދު ޔޫސުފް އާއި މުޙައްމަދު ސަނީ އާއި އިސްރާރު ޙުސައިންގެ އިތުރުން އިރުފާން ޙުސައިންއެވެ.

ކުލަބް ތޮޅިހެލޭ އާއި ޓީމް މަލާފަތް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ރަފާހުއަށް ޓްރޮފީ ހަވާލުކޮށްދެނީ —

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގައި މާދަމާ ތިންު މެޗު ކުޅޭނެއެވެ. އެގޮތުން މާދަމާ ހަވީރު 16:15 ގައި ވާދަކުރާނީ އަހިވައް ކަންމައްޗާއި ކުރޭޒީ ތޮޅިހެލޭއެވެ. މާދަމާ ހަވީރު ކުޅޭ ދެވަނަ މެޗުގައި 17:15 ގައި ވާދަކުރާނީ އަލް ސްޓްރައިކާ އާއި ޓާގެޓް ފުޓްބޯޅަ ޓީމެވެ. އަދި މާދަމާ ރޭ 21:15 ގައި ވާދަކުރާނީ ކުލަބް ތޮޅިހެލޭ އާއި ސަކްސަސް ސިޓީއެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ ގުރޫޕު އޭގައި ހިމެނެނީ އަލް ސްޓްރައިކާ، ޓީމް ދެފަށްލާ އަދި ޓާގެޓް ފުޓްބޯޅަ ޓީމެވެ. ގުރޫޕް ބީގައި ކުލަބް ތޮޅިހެލޭ، ޓީމް މަލާފަތް އަދި ސަކްސަސް ސިޓީ ހިމެނޭއިރު، ގުރޫޕް ސީގައި ހިމެނެނީ އަހިވައް ކަންމަތި، ކުރޭޒީ ތޮޅިހެލޭ އަދި ޒެފަރސް އެސްސީ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.