އެމިޓީ އާއި ދެކުނު ކަންމަތި ވާދަކުރި މެޗުގެ ތެރެއިން --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އެމިޓީއާއި ދެކުނު ކަންމަތި މެޗު އެއްވަރު

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އެމިޓީއާއި ދެކުނު ކަންމަތި މެޗު އެއްވަރު

Share on twitter
Share on telegram

ތުޅާދޫގައި ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި އެމިޓީ އާއި ދެކުނު ކަންމަތި ވާދަކުރި މެޗު ދެ ޓީމު އެއްވަރުވެއްޖެއެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މިމެޗު އެއްވަރުވެފައިވަނީ 2-2 އިންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދެކުނު ކަންމަތިންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ސާޖިދާ ޢަބްދުލް ރަޙުމާންއެވެ. މިލަނޑާއެކު ދެކުނު ކަންމަތިން ލީޑުގައި އޮވެ ކުޅެމުންދަނިކޮށް އެމިޓީގެ ޔުސްރާ ޔޫސުފް ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ ސާޖިދާގެ ލަނޑުން ދެކުނު ކަންމަތި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. ދެކުނު ކަންމަތި ލީޑުގައި އޮވެ މެޗު ނިމެން ދަނިކޮށް 16 ވަނަ މިނިޓްގައި އެމިޓީގެ ޔުސްރާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމިޓީގެ ޔުސްރާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޔުސްރާއަށް ޓްރޮފީ ހަވާލުކޮށްދެނީ —

މި މުބާރާތުގެ އަންހެން ޑިވިޜަން ކަމަށްވާ ގުރޫޕް ޑީގައި މާދަމާވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ އެމީޓީ އާއި ނޮރިންމައެވެ.

އަންހެން ޑިވިޜަންގައި ތިން ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ އެމިޓީ އާއި ނޮރިންމަގެ އިތުރުން ދެކުނު ކަންމައްޗެވެ.

އެމިޓީ އާއި ދެކުނު ކަންމަތި ވާދަކުރި މެޗުގެ ތެރެއިން —

ޖުލައި 14 އިން 21 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަަށް 25،000 ރުފިޔާގެ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމުތަކަށް 15،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މި މުބާރާތަކީ ތުޅާދޫގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖައްސުވައި ކުޅިވަރުގެ ފަންނާއި، ރޫޙު ދިރުވައި އާލާކޮށް، އަތޮޅާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ އެކުވެރި، ހުނަރުވެރި، ކުޅިވަރުގެ ޖީލެއް ބިނާކޮށް އެ ކަމަށް ތަރުޙީބު ދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.