މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލުން ކަނޑާލި ގަހެއްގެ މައްސަލާގައި ހިއްހަމަ ނުޖެހިގެން ޖެހިގެން އައިރޭ ދެ ގަސް ކަނޑާލައިފިއެވެ.
މި މެއި މަހުގެ 16 ވަނަ ދުވަހު ކައުންސިލްގެ މުވައްޒަފުންލައްވައި ކައުންސިލްގެ ފަރާތުން ކަނޑާލާފައިވަނީ ޓާޓްލް ސްޓޭޑިއަމްގެ ހުޅަނގުން އޮންނަ މަގުގައި ހެދިފައިވާ ޖޭމް ގަހެކެވެ. ކައުންސިލުން އެ ގަސް ކަނޑާލުމާއި ގުޅިގެން އުފެދުނު ހިއްހަމަ ނުޖެހުމެއްގެ ތެރޭގައި މެއި 16 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ވަނީ ތުޅާދޫގެ ދެ ސަރަޙައްދަކުން ދެ ގަސް ކަނޑާލާފައެވެ.
ހިއްހަމަ ނުޖެހިގެން ކަނޑާލާފައި ވަނީ ބޮޑުމަގުގެ ހުޅަނގުން ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޢަލިމަނިކްގެ ގޭކައިރީ ހެދިފައި ހުރި ހިތި ގަހަކާއި ކައުންސިލް މެމްބަރު ސާމަތު އަބްދުއް ސައްތާރުގެ ގެ ހިމެނޭ ސަރަޙައްދުގައި ޖަހާފައިވާ ޖޭމުގަހެކެވެ. މި ދެ ގަހަކީވެސް ހިޔާލިބޭ ވަރަށް ބޮޑަށް ހެދިފައިވާ 2 ގަހެވެ.



