ތުޅާދޫ ކައުންސިލްގެ އިދާރާ - ފޮޓޯ: ދިސޮރު / ތުޅާދޫ އޮންލައިން

ތުޅާދޫ ކައުންސިލްގެ އޮފިޝަލް ޔުނީފޯމާއި ސްޓާފްކާޑް ފާސްކޮށްފި

ތުޅާދޫ ކައުންސިލްގެ އޮފިޝަލް ޔުނީފޯމާއި ސްޓާފްކާޑް ފާސްކޮށްފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އޮފިޝަލް ޔުނީޕޯމާއި ސްޓާފްކާޑް ފާސްކޮށްފިއެވެ.

ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 117 ވަނަ ޢާއްމު ޖަލްސާގައި މަސްވަރާކުރުމަށްފަހު ފާސްކޮށްފައި ވަނީ ފަރުމާ ކުރެވިފައިވާ ގޮތަށް ކައުންސިލުގެ އޮފިޝަލް ޔުނީފޯމާއެކު ފިރިހެންކުދިން، ތިރިން ކަޅު ފަޓްލޫނު ލުމަށާއި އަންހެން ކުދިން، ތިރިން ކަޅު ބެލްސް ނުވަތަ ހަރުވާޅު އަދި ފޮރެސްޓް ގްރީން ކުލައިގެ ބުރުގާ ނުވަތަ ޝޯލް އެޅުމަށެވެ.

މި ޖަލްސާގައި ސްޓާފްކާޑް ފާސް ކޮށްފައިވަނީ ފަރުމާ ކޮށްފައިވާ ސްޓާފްކާޑަށް އިސްލާޙުތަކެއް ހުށަހަޅައި އެއިސްލާޙު ތަކަކާއެކުގައެވެ. އެގޮތުން ކާޑުގެ ހެޔޮފުށުގައިވާ މަޢުލޫމާތުތަކުގެ ތެރެއިން އައިޑީ ކާޑު ނަންބަރު ނުޖަހާ ގޮތަށާއި ކާޑުގެ ހެޔޮފުށުގައިވާ ފޮޓޯއާ އެންމެ ކައިރީގައިވާ ލިޔެލާޖެހި ކުރެހުން އުނިކޮށް، ކާޑުގެ މަތީގައިވާ ލިޔެލާޖެހި ފަށް އެކަނި ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން ކާޑުގެ ނުފުށުގައިވާ މަސްތަކުގެ ކުރެހުން އުނިކޮށް ކާޑުގެ ނުފުށުގައިވާ ކައުންސިލްގެ ލޯގޯ ވޯޓަރމާރކެއްގެ ގޮތަށް ފޭޑްކޮށްލުމަށްްވެސް ވަނީ އިސްލާހު ހުށަހަޅައި ފާސް ކޮށްފައެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 05 ކައުންސިލަރުންނެވެ. ޖަލްސާއަށް ހާޟިރު ނުވާ 01 ކައުންސިލްރަކު ސަލާމުގައި ހުންނެވިއިރު އަނެއް ކައުންސިލަރު ރަށުން ބޭރުގައި ވާކަމަށް، އާންމު ކޮށްފައިވާ 117 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.

ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.