ބ.ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އަޙުސަމް ޔޫސުފް

ތުޅާދޫއަށް ފިޝަރީޒް ކޮމްޕްލެކްސްއެއް – ރައްޔިތުންގެ ފުދުންތެރިކަމަށް ބޮޑު ބަދަލެއް

ތުޅާދޫއަށް ފިޝަރީޒް ކޮމްޕްލެކްސްއެއް – ރައްޔިތުންގެ ފުދުންތެރިކަމަށް ބޮޑު ބަދަލެއް

Share on twitter
Share on telegram

ތުޅާދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް އަމިއްލަ ފަރާތަކުން ތުޅާދޫ ކައުންސިލަށް ހުށަހަޅާފައިވާކަމަށް ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޢަލިމަނިކް ވިދާޅުވެއްޖެއެވެ.

ކައުންސިލް ނައިބް ރައީސް މިފަދައިން ވިދާޅުވެފައި ވަނީ “ހަފްސީ.ކޮމް” އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ތުޅާދޫއަކީ މަސްވެރި ރައްޔިތެއް ދިރިއުޅެމުންދާ ރަށަކަށް ވާއިރު، ތުޅާދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި މަސްވެރިކަން ކުރިއެރުމުމަށް ލިބޭ ކޮންމެ ފުރުޞަތަކީ މުޅި ތުޅާދޫގެ ތަރައްޤީއާއި، ކުރިއެރުމަށް އަދި ފުދުންތެރިކަމަށް ބޮޑު ބަދަލެއް ގެނުވާނެ ފުރުޞަތެއް ކަމަށެވެ.

ތުޅާދޫ ކައުންސިލަށް ވަނީ އެފަދަ އުއްމީދީ މަޝްރޫޢެއްގެ އުފާވެރިކަން ލިބިފައެވެ. އެއީ ތުޅާދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އަޅަން އަމިއްލަ ފަރާތަކުން ހުށަހަޅާފައި އޮތުމެވެ.

“މި މަޝްރޫޢުގެ ޕްރޮޕޯސަލްވެސް މިހާރު ތުޅާދޫ ކައުންސިލަށް ވަނީ ލިބިފައި. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެކަން ކުރެވިދާނެކަމުގެ ފެހި ސިގްނަލް ކައުންސިލަށް ވަނީ ދެއްވާފައި.” އެއީ މުޅި ތުޅާދޫ ބަދަލުކޮށްލާނެ މަޝްރޫޢެއްކަމަށްވެސް ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

ފިޝަރީޒް ކޮމްޕްލެކްސްއާއި ގުޅޭގޮތުން ނައިބް ރައީސް މުޙައްމަދު ޢަލިމަނިކް “ހަފްސީ.ކޮމް” އަށް ދެއްވި ބަސްދީގަތުން

އެއީ ގާތްގަނޑަކަށް ދިހަވަރަކަށް މިލިއަން ޑޮލަރުގެ މަޝްރޫއެއް. އެމަޝްރޫޢު ފުރިހަމަވެގެންދާއިރު މަސްވެރިންނަށް ވަރަށްގިނަ ވަޞީލަތްތަކެއްވެސް ލިބިގެންދާނެ. މިސާލަކަށް ބޯޓްޔާޑްގެ ޚިދުމަތާއި, ކޭނިންގ ފެކްޓްރީއާއި, ތެލުގެ ޚިދުމަތާއި, މިހެންގޮސް މަސްވެރިކަމަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެތަނުން ލިބިގެންދާނެ.

މުޙައްމަދު ޢަލިމަނިކް / ބ.ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލައަށް ބިން ހިއްކައިގެން ފިޝަރީޒް ކޮމްޕްލެކްސް އެއް އެޅުމަށް އަމިއްލަ ފަރާތަކުން ތުޅާދޫ ކައުންސިލްގައާއި ސަރުކާރުގައި އެދިފައި ވަނީ ތުޅާދޫ އައިސްޕްލާންޓްގެ އިރުން ކަދުރު ޕާކުގެ އުތުރަށް އޮންނަ ފަޅުތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.